
ALT Promotional job vacancy poster from the Information Commissioner's Office (ICO) Maldives announcing an opening for a Senior ICT Officer. The poster invites applicants to join the team and lists key requirements: strong troubleshooting skills, knowledge of networks, hardware and software, website management, and an MQA Level 7 or 8 certificate. Applications should be sent to info@ico.mv, with a deadline of 2nd August. The design features a blue-and-white color scheme and an illustration of people working with computers and IT-related graphics.

ALT ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޖޫރިމަނާކުރުމާ ގުޅޭ: ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ފަސް ހުށަހެޅުމަކަށް އެ އިދާރާއިން އެއްވެސް ޖަވާބެއް ދީފައި ނުވާތީ ފަސް ޝަކުވާއެއް ވަނީ ހުށަހެޅިފައެވެ. މި ޝަކުވާތައް ބެލުމަށްޓަކައި 26 އެޕްރީލް 2026 ގައި މި އޮފީހުން ބައްދަލުވުމެއް ބޭާއްވިާފައިވެއެވެ. އެ ބައްދަލުވުމުގައި މި ޝަކުވާތަކުގައި ބެލިފައިވާ ހުށަހެޅުންތަކުގައި ހޯދުމަށް އެދިފައިވާ މަޢުލޫމާތު އިދާރާއިގައި ހުރި މަޢުލޫމާތެއްކަން ނުވަަަތަ ނެތްކަން ބުނެދިނުމަށާއި، ޖަވާބުނުދެވިވާ ހުށަހެޅުންތަކަށް ޖަވާބެއް ދިނުމަށާއި، ޖަވާބު ދީފައިވާ ހުށަހެޅުންތަކުގައިވެސް ހޯދަން އެދިފައިވާ މަޢުލޫމަތު ދޫކޮށްފައިނުވާތީ، އެ ޖަވާބުތަކުގައި އަލުން އިސްލާހުކުރަންހުރި ކަންކަން އިސްލާހުކުރުމަށް ރަސްމީ 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ދެވިފައެވެ. މިގޮތުން، މި އޮފީހުގެ ނަންބަރު: ICO-C/2026/34، ICO-C/2026/38 އަދި ICO-C/2026/39 ޝަކުވާތަކަށް 10 (ދިހައެއް) ދުވަހުގ




















