Adam Shareef Mohamed retweeted
އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް މިފަހަރު އީމާ ޝަފީގް އަށް ވޯޓްދެއްވާ !!ބަސްބުނާނެ ،އަންހެނުންގެ އަޑުއިއްވާނެ، ޕާޓީގެ މަސްލަހަތާއި، ގައުމު އިސްކުރާނެ، ކަންބަލުންގެ ހައްގުގައި ވަކާލާތް ކުރާނެ . މިފަހަރު އީމާ
ޑިމޮކްރަސީއާ ބީރައްޓެހި، ޚުދުމުޚުތާރު މި ސަރުކާރުން އިންތިޚާބު އޮޅުވާލަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އެބައޮތް. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
އދ. ގެ އާންމު މަޖިލީހުގެ އޭރުގެ ރައީސް ޢަބްދުﷲ ޝާހިދަކީ، ކޮވިޑުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ދިމާވި ހާލަތުން އަރައިގަތުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު އިޤްތިޞާދީ މަސައްކަތްތަކެއް ކުރެއްވި އެއް ލީޑަރު.
ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި ބޭނުންވަނީ އެ އިޤްތިޞާދީ ތަޖުރިބާއާއި އެ ޤާބިލުކަން.
#Shahid2028
#FudhuntheriDhivehiRaajje
މުޢިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އިންވެސްޓްމަންޓް ފޯރަމް އެބަ ބާއްވާ. ނަތީޖާއަކީ ކޮބައިތޯ؟ ގެނެވުނު އިންވެސްޓްމަންޓެއް ކޮބައިތޯ؟ - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
Adam Shareef Mohamed retweeted
Current government came into office on an India out platform by isolating itself from the international community. And they have not done much more than be on the same narrative, although India has been most generous during these three years. The government of Maldives needs to come out clean and rectify the damage that they have done. - Abdulla Shahid
#Shahid2028
#FudhuntheriDhivehiRaajje
Current government came into office on an India out platform by isolating itself from the international community. And they have not done much more than be on the same narrative, although India has been most generous during these three years. The government of Maldives needs to come out clean and rectify the damage that they have done. - Abdulla Shahid
#Shahid2028
#FudhuntheriDhivehiRaajje
މަޖިލީސް މެންބަރުންގެ އަދަދު އިތުރުވަމުން ދާދިއުން ހުއްޓުވަންޖެހޭ - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
2008 ގެ ސަރުކާރު: އެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލުބުނު ނަމަވެސް، ހަމަ މި ޤާނޫނުއަސާސީގެ ދަށުން މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވި. އެންމެ ފަހުން މަސައްކަތް ކުރެވޭނެ މަގު ނެތިގެން ކެބިނެޓް އިސްތިޢުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި.
2013 ގެ ސަރުކާރު: ރައީސް ޔާމީނުގެ ސަރުކާރަށް ރައްޔިތުން އިންތިހާއަށް ބޮޑު އަޣުލަބިއްޔަތެއް ދެއްވި. ނަމަވެސް މެޖޯރިޓީ ގެއްލެން ފެށުމުން، ޤާނޫނުއަސާސީއާއި ކޯޓުތަކާއި މަޖިލީހުގެ ބާރުތައް ނަގާލައި، ސިފައިންނާއި ފުލުހުން މެދުވެރިކޮށް ނިޒާމު ހަލާކުކޮށްލާތަން ފެނިގެންދިޔަ.
2018 ގެ ސަރުކާރު: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބުނު ނަމަވެސް، ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކާ ހެދި ސުޕަރ މެޖޯރިޓީއެއް ލިބިގެން ބޭނުންހާ ގޮތަކަށް ކަންކުރުމުގެ ފުރުޞަތެއް ނުލިބުނު.
މިހާރުގެ ސަރުކާރު: ރައީސް މުޢިއްޒަށް ބޮޑު މެޖޯރިޓީއެއް ލިބުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހަތަރެސްފައި ބަނދެ، އެއީ "ތައްގަނޑު ޖަހާ" ތަނަކަށް ބަދަލުކޮށްލި.
⠀މިއިން އެނގެނީ މުޅި މައްސަލައަކީ ނިޒާމު ނުވަތަ ޤާނޫނުއަސާސީގެ މައްސަލައެއް ނޫން ކަން، މިއަދު މަދުވަނީ ވެރިންގެ ކިބައިގައި ހުންނަންޖެހޭ ޙަޤީޤީ އިޚްލާޞްތެރިކަން ކަން.
#Shahid2028
#FudhuntheriDhivehiRaajje
“ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަނުން. ވެރިމީހާގެ ޖީބަށް ފައިސާ ނުވަނުން.”
އަޅުގަނޑުމެންގެ މުޅި ވިސްނުމަކީ ފުދުންތެރި ދިވެހިރާއްޖެއެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން:
ބޯހިޔާވަހިކަން: މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ދާއިމީ ޙައްލެއް.
ލާމަރުކަޒީ އިޤްތިޞާދު: މާލެ ސަރަޙައްދުގެ އިތުރުން އުތުރާއި ދެކުނުގައި އިޤްތިޞާދީ ޙަރަކާތްތައް ފުޅާކުރުން.
ދަތުރުފަތުރުގެ ނިޒާމު: ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ހަމަޖެހޭ ނިޒާމެއް އިޢާދަކުރުން.
- ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
"އަޅުގަނޑަށް ޔަގީންވޭ ރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވަނީ ހަމަޖެހޭ ވެރިކަމެއްކަން. ޖީބަށް ފުދުންތެރިކަން ގެނެސްދޭނެ، ތެޅިފޮޅުންތައް ނޯންނާނެ ދިރިއުޅުމެއް. ރައްޔިތުން ބޭނުންވަނީ އެފަދަ ވެރިކަމެއް ކޮށްދެވޭނެ ތަޖުރިބާއާއި ގާބިލުކަން ހުރި މީހެއް. މިއަދުގެ ތަޖުރިބާގެ އަލީގައި، ތަޖުރިބާއެއް ނެތް އާ ބޭފުޅަކަށް އިތުރު ފުރުސަތެއް ދޭން ރައްޔިތުން ބޭނުމެއް ނުވޭ!" - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
ދިހަ ފޫޓު ބާރަ ފޫޓުގެ ގޮޅިއެއްގައި ތިން ޖީލު ތާށިވެ ތިބޭ ތިބުމަކީ ހަމައެކަނި މާލޭގެ ޙާލަތެއް ނޫނޭ. ރާއްޖޭގެ ގިނަ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަމަ ވަރަށް ބޮޑު މައްސަލައެއް. ބޯހިޔާވަހިކަމަށް ޙަޤީޤަތުގައި ޙައްލެއް އަންނާނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް މި މަސައްކަތް ރޭވިގެން ހިނގައިގަނެގެން. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
ފުށިދިއްގަރު ފަޅުގައި މި ހިންގަވަން އުޅުއްވާ ޖަރީމާ، ދިވެހި ރައްޔިތުންގެ ފައިސާއަށް ބޮޑުތަނުން ޚިޔާނާތްތެރިވުމަށް އެ ކުރައްވާ މަސައްކަތް ހަމަ މިވަގުތުން މިވަގުތަށް ހުއްޓާލައްވާ. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
ޢަބްދުﷲ ޝާހިދު އަށް ވޯޓު ދޭންވީ ސަބަބު ކިޔައި ދެއްވަމުން އެ އެދިލައްވަނީ ބުއްދި އިސްކުރުމަށް.
"ބުއްދި އިސްކުރައްވާ. އަޅުގަނޑުމެންވެސް ލޯބިވާ ލީޑަރުން އެބަތިބި. ކޮންމެ ކަމަކީ ލޯބިވާ މީހަކަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ނޫން.
ކުރަން މިއުޅޭ ކަންތަކާއި، މި އޮޑި ދުއްވަން މިހުރި ޙާލަތާއި، މި އުނދަގޫ ފަރުތަކުން ނައްޓައިގެން ދާންޖެހޭ މިސްރާބު ހިތަށް ގެންނަވާ.
މިކަން ކުރެއްވޭނެ ބޭފުޅަކާމެދު ވިސްނާލާއިރު، އޮނަރަބަލް ޢަބްދުﷲ ޝާހިދު ނޫން ބޭފުޅަކަށް މިކަން ނުވާނެ ކަން ސާފުކޮށް އެބަ އެނގޭ."
#Shahid2028
#FudhuntheriDhivehiRaajje
Building a resilient economy takes global trust, an understanding of global finance, and proven leadership.
As UN General Assembly President, @abdulla_shahid championed concrete economic actions that directly benefit small island developing nations like the Maldives.
Here are 4 ways his work on the world stage strengthened small island economies like ours 👇 🇲🇻
#Shahid2028
#FudhuntheriDhivehiRaajje
Abdulla Shahid attended the opening ceremony of GVU Cup 7 tonight as the Chief Guest at the Maafannu Futsal Pitch.
Wishing all participating teams the best of luck! 🏆
#Shahid2028
#FudhuntheriDhivehiRaajje
މިއަދުގެ މެންދުރުގެ ކެއުން ރައްޔިތުންނާއެކު. ރައްޔިތުންގެ ހާލަތު ބަދަލުކޮށް، ޤައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ލީޑަރަކީ ޢަބްދުﷲ ޝާހިދު.
#Shahid2028
#FudhuntheriDhivehiRaajje
ބޭރު ޤައުމުތަކުން ބޮޑެތި ލޯނުތައް ނަގައިގެން ނޫނީ އެއްވެސް ޤައުމަކަށް ކުރިއަށް ނުދެވޭނެ. މިއީ މިއަދު ފެންނަން އޮތް ޙަޤީޤަތެއް. ނަމަވެސް، ލިބޭ އެހީއާއި ވަސީލަތްތަކަށް ޚިޔާނާތްތެރިވެގެން ނުވާނެ. އަދި އެކަން ހިނގަނީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ނޫންކަމަށްވާނަމަ އެއީ މައްސަލައެއް. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
"ކަމަކަށް ކަމެއް ކުރާނެ ބޭފުޅެއް ނޫން. ބަހަކަށް ބަހެއް ބުނާނެ ބޭފުޅެއް ނޫން. ވިދާޅުވާ ބަސްފުޅު ސީދާވާނެ!" ޢަބްދުﷲ ޝާހިދަކީ ނުކުމެ ތިބި ކެންޑިޑޭޓުންގެ ތެރެއިން ބަހުގެ އިތުބާރު އޮތް ލީޑަރު.
"މޮއިހިރަށް އޮޑި އޮބާލިޔަސް، އަނބުރާ ހޭރިޔާކޮށްފައި ޤައުމު ހަމަ މަގަށް އަޅުވާނެ ތަޖުރިބާ ޢަބްދުﷲ ޝާހިދުގެ އެބަހުރި."
ޕޯޑިޔަމްގައި ހުންނަވައި ޝާހިދު ސިފަކުރައްވަމުން އެ ވިދާޅުވިހެން "ސުވާސާ އާއި ރަނާ ދާނެތޯ އެއް އަގެއްގައި؟"
#Shahid2028
#FudhuntheriDhivehiRaajje
ކީއްވެ ޝާހިދު؟
ބޭރުގެ ހިލޭ އެހީ ހޯދައިގެން ޤައުމު ކޮޅަށް ޖެހޭނެ ފަދަ ބައިނަލްއަޤްވާމީ ތަޖުރިބާ ހުރި ހަމައެކަނި ބޭފުޅަކީ ޢަބްދުﷲ ޝާހިދު.
#Shahid2028
#FudhuntheriDhivehiRaajje
ރާއްޖޭގެ ހިންގުމަށް ބޭނުންވަނީ ދުނިޔޭގެ ސަފުގައި ދިވެހީންގެ ހައިބަތާ ކަރާމަތާ ސާބިތުކަން ހާމަ ކުރެވޭނެ ތަޖުރިބާކާރު ލީޑަރެއް
#Shahid2028
#FudhuntheriDhivehiRaajje






















