
Official X account of #Shahid2028 campaign 💛
Joined June 2023
- Tweets1.7K
- Following294
- Followers486
- Likes1.1K
އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނީ ރައްޔިތުންނަށް އިސްކަންދޭ ތަރައްޤީއަށް؛ ބޯހިޔާވަހިކަމަށާއި، ތަޢުލީމަށާއި، އަދި ޞިއްޙީ ދާއިރާއަށް! - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
"ކުއްލި ޙާލަތެއް ދިމާވާއިރަށް، ނުވަތަ އަވަސް ކަމަކަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި، މި ސަރުކާރުގެ ވެރިންގެ ފޯނުގެ އިމަޖެންސީ ޑަޔަލްގައި ވެސް އޮންނަނީ އިންޑިއާ." - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
ޑިމޮކްރަސީއާ ބީރައްޓެހި، ޚުދުމުޚުތާރު މި ސަރުކާރުން އިންތިޚާބު އޮޅުވާލަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު އެބައޮތް. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
Shahid2028 retweeted
🌐 Muizzu Must Apologise To Maldives: Opposition Presidential Primary Contender Abdulla Shahid
➡️Maldives opposition @MDPSecretariat
presidential primary candidate @abdulla_shahid
🇲🇻 former foreign minister on ‘The Gist’ with @amitabhprevi
stratnewsglobal.com/the-gist…
Shahid2028 retweeted
"I hope Muizzu, his party will not introduce hate (anti India) politics in 2028 elections...", Maldives opposition leader @abdulla_shahid on ruling party using anti India campaign for 2028 elections; Also speaks on MDP primaries & various fractions.
މި ސަރުކާރާއި ދޭތެރޭގައި އިތުބާރާއި އިޙްތިރާމް ކުޑަވުމުން ބޭރުން އެހީއެއް ނުލިބޭ - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
Shahid2028 retweeted
Intv: Days after Maldives President Muizzu Pakistan visit, former Foreign Min Abdulla Shahid, running to be a presidential contender in 2028, hits out at Muizzu, alleges he will ‘try to create some narrative on hate’ before the elections. Excl @the_hindu
thehindu.com/news/national/m…
އދ. ގެ އާންމު މަޖިލީހުގެ އޭރުގެ ރައީސް ޢަބްދުﷲ ޝާހިދަކީ، ކޮވިޑުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ދިމާވި ހާލަތުން އަރައިގަތުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު އިޤްތިޞާދީ މަސައްކަތްތަކެއް ކުރެއްވި އެއް ލީޑަރު.
ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި ބޭނުންވަނީ އެ އިޤްތިޞާދީ ތަޖުރިބާއާއި އެ ޤާބިލުކަން.
#Shahid2028
#FudhuntheriDhivehiRaajje
މުޢިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އިންވެސްޓްމަންޓް ފޯރަމް އެބަ ބާއްވާ. ނަތީޖާއަކީ ކޮބައިތޯ؟ ގެނެވުނު އިންވެސްޓްމަންޓެއް ކޮބައިތޯ؟ - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
Current government came into office on an India out platform by isolating itself from the international community. And they have not done much more than be on the same narrative, although India has been most generous during these three years. The government of Maldives needs to come out clean and rectify the damage that they have done. - Abdulla Shahid
#Shahid2028
#FudhuntheriDhivehiRaajje
ރާއްޖޭގެ ރައްޔިތުން މިވަގުތު ބޭނުންވަނީ ހަމަޖެހޭ ވެރިކަމެއް. ރައްޔިތުންގެ ޖީބަށް ފުދުންތެރިކަން ގެނެސްދޭނެ، ތަޖުރިބާއާއި ޤާބިލުކަން ހުރި މީހެއް. ރައްޔިތުން އިތުރަކަށް ބޭނުމެއް ނުވޭ ތަޖުރިބާނެތް އާ ބޭފުޅަކަށް އެ ފުރުޞަތު ދޭކަށް. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
މަޖިލީސް މެންބަރުންގެ އަދަދު އިތުރުވަމުން ދާދިއުން ހުއްޓުވަންޖެހޭ - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
މިއަދު ކަނޑުވިއްކާލިކަން ސާބިތުކޮށްދެއްވަންވީ ނޫންތޯ؟ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކޯޓަށް ގެންގޮސްފައި އޮތް މައްސަލައެއްގައި އަޅުގަނޑުމެންގެ ސަރުކާރުން ވަކާލާތުކޮށްގެން ރާއްޖެއަށް ބޮޑުބައި ލިބުނީ. ކަނޑު ވިއްކާލީއޭ ވިދާޅުވި ބޭފުޅުން ތިން އަހަރުވާން ދާއިރު އެ ކަނޑު ހޯއްދަވަން ކުރެއްވި އެއްވެސް މަސައްކަތެއް ނެތް. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
ކުދި އަދި މެދުފަންތީގެ މީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރަން ފަށާތަނުން، ލިބެންހުރި ހުރިހާ މަސައްކަތްތައް ސަރުކާރު ކުންފުނިތަކަށް ބަދަލުކޮށްލަނީ. ނަތީޖާއަކަށްވީ ކުދި އަދި މެދުފަންތީގެ މި ދާއިރާގައި އުޅޭ ހުރިހާ އެންމެން މަގުމަތިވެ ބިކަވުން! - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
އަޅުގަނޑު އެމްޑީޕީގައި ހުރީމަ، މަޖިލީސް ރައީސް އަށް ވީމާ އޭރު އަޅުގަނޑުގެ ގައިގައި އަތްނުލެވޭތީ އަޅުގަނޑުގެ ބޭބެ ގެންގޮސް ޖަލަށްލީ. އަޅުގަނޑުގެ ކާރު ކަމަށް ހީކޮށް ބޭބެގެ ދެ ކާރު އަންދާލި. އެކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހެން! - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
ކޮވިޑްގައި މުޅި ދުނިޔެ ފުރަބަންދުގައި އޮތްއިރުވެސް ރާއްޖޭގެ ރައްޔިތުން ބޭސްފަރުވާއަށް ނުޖެހި ދިރިއުޅުނު. މިއަދުގެ ޙާލަތަކީ ބޭސް ސިޓީ ހިފައިގެން އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގުން. - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
ފުށިދިއްގަރު ފަޅުގައި މި ހިންގަވަން އުޅުއްވާ ޖަރީމާ، މި ދިވެހި ރައްޔިތުންގެ ފައިސާއަށް ބޮޑުތަނުން ޚިޔާނާތްތެރިވުމަށް އެ ކުރައްވާ މަސައްކަތް ހަމަ މިވަގުތު މިވަގުތަށް ހުއްޓާލައްވާ - ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje
2008 ގެ ސަރުކާރު: އެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލުބުނު ނަމަވެސް، ހަމަ މި ޤާނޫނުއަސާސީގެ ދަށުން މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވި. އެންމެ ފަހުން މަސައްކަތް ކުރެވޭނެ މަގު ނެތިގެން ކެބިނެޓް އިސްތިޢުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި.
2013 ގެ ސަރުކާރު: ރައީސް ޔާމީނުގެ ސަރުކާރަށް ރައްޔިތުން އިންތިހާއަށް ބޮޑު އަޣުލަބިއްޔަތެއް ދެއްވި. ނަމަވެސް މެޖޯރިޓީ ގެއްލެން ފެށުމުން، ޤާނޫނުއަސާސީއާއި ކޯޓުތަކާއި މަޖިލީހުގެ ބާރުތައް ނަގާލައި، ސިފައިންނާއި ފުލުހުން މެދުވެރިކޮށް ނިޒާމު ހަލާކުކޮށްލާތަން ފެނިގެންދިޔަ.
2018 ގެ ސަރުކާރު: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބުނު ނަމަވެސް، ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކާ ހެދި ސުޕަރ މެޖޯރިޓީއެއް ލިބިގެން ބޭނުންހާ ގޮތަކަށް ކަންކުރުމުގެ ފުރުޞަތެއް ނުލިބުނު.
މިހާރުގެ ސަރުކާރު: ރައީސް މުޢިއްޒަށް ބޮޑު މެޖޯރިޓީއެއް ލިބުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހަތަރެސްފައި ބަނދެ، އެއީ "ތައްގަނޑު ޖަހާ" ތަނަކަށް ބަދަލުކޮށްލި.
⠀މިއިން އެނގެނީ މުޅި މައްސަލައަކީ ނިޒާމު ނުވަތަ ޤާނޫނުއަސާސީގެ މައްސަލައެއް ނޫން ކަން، މިއަދު މަދުވަނީ ވެރިންގެ ކިބައިގައި ހުންނަންޖެހޭ ޙަޤީޤީ އިޚްލާޞްތެރިކަން ކަން.
#Shahid2028
#FudhuntheriDhivehiRaajje
އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނިކޮށް ވަހީދުގެ ސަރުކާރާ ގުޅެން އޭރުހުރި ޕާޓީއިން ނިންމުމުން އެ ނިންމުމާ ދެކޮޅު ހައްދައި ޕާޓީން ވަކިވެގެން. އެމްޑީޕީގެ ޢާންމު މެންބަރުންނާއެކު ދެން ހުރީ މަގުމަތީގައި.
އެމްޑީޕގައި ހުރިކަމަށްޓަކައި ޝާހިދުގެ އާއިލާއަށް ބޮޑެތި އަނިޔާތަކާއި ބިރުދެއްކުންތައް ކުރިމަތިކޮށްފައިވޭ.
މަޖިލީހުގެ ރައީސް ކަމުގައި ހުންނެވުމުން ސީދާ އޭނާގެ ގައިގައި އަތްނުލެވުނު ނަމަވެސް، އޭނާ ފަހަތަށް ޖެއްސުމަށްޓަކައި ބޭބެ ޖަލަށް ލައި ކުޑަގޮޅީގައި ބޭއްވުމާއި، މަރްޙޫމް ބައްޕަ (ޝައިޚް މޫސާ ޖަމީލް) އަވާހަރަފުޅު ލައްޕަވަން އޮންނަވަނިކޮށް ރަޔަޓް ގިޔަރުގައި ތިބި ސިފައިން ކޮޓަރިކޮޅަށް ވަދެ ބިރުދެއްކުންފަދަ ކަންކަން ކޮށްފައިވޭ. އަދި ޝާހިދުގެ ކާރު ކަމަށް ހީކޮށް ދެ ކާރެއް ދެ ފަހަރެއްގެ މަތިން ރޯކޮށްލައި އަންދާލާފައިވޭ.
“ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަނުން. ވެރިމީހާގެ ޖީބަށް ފައިސާ ނުވަނުން.”
އަޅުގަނޑުމެންގެ މުޅި ވިސްނުމަކީ ފުދުންތެރި ދިވެހިރާއްޖެއެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން:
ބޯހިޔާވަހިކަން: މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ދާއިމީ ޙައްލެއް.
ލާމަރުކަޒީ އިޤްތިޞާދު: މާލެ ސަރަޙައްދުގެ އިތުރުން އުތުރާއި ދެކުނުގައި އިޤްތިޞާދީ ޙަރަކާތްތައް ފުޅާކުރުން.
ދަތުރުފަތުރުގެ ނިޒާމު: ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ހަމަޖެހޭ ނިޒާމެއް އިޢާދަކުރުން.
- ޢަބްދުﷲ ޝާހިދު
#Shahid2028
#FudhuntheriDhivehiRaajje



















