IGMH retweeted
Advancing Cancer Care in the Maldives 🇲🇻
As part of the healthcare development commitments announced in the 2026 Presidential Address, MCGH has signed a MoU towards establishing the Diagnostic Centre for Oncology Services (DCOS)
@presidencymv @MoHmv
IGMH retweeted
A heartwarming moment at Hulhumalé Hospital as we celebrate a precious NICU graduate, born at just 25 weeks of gestation, returning home to their loving family following 90 consecutive days of specialised neonatal care. A journey of hope, compassionate care and dedicated teamwork
IGMH retweeted
🇲🇻🤝🇨🇳 Strengthening China–Maldives Bilateral Healthcare Cooperation
Hulhumalé Hospital was honoured to welcome His Excellency the Chinese Ambassador for discussions with MCGH senior management on strengthening bilateral healthcare cooperation.
@China_Amb_Mdv @ChinaEmbassy_MV
IGMH retweeted
Hulhumalé Hospital was honoured to host an official luncheon welcoming His Excellency the Chinese Ambassador and the distinguished Sichuan Medical Delegation.
@China_Amb_Mdv
@ChinaEmbassy_MV
IGMH retweeted
Executive representatives from MCGH, alongside @MoHmv, participated in an official healthcare study tour to Sichuan, China (18–22 October 2026). Initiated by @ChinaEmbassy_MV
@China_Amb_Mdv
@igmhmv
Dedicated to women’s health at every stage of life. The Obstetrics & Gynecology Department at IGMH provides expert, compassionate care. From routine antenatal clinics and prenatal testing to advanced gynecological services and specialized support.
A very special thanks to Dr. Juman and Dr. Nauma, as well as the entire Obstetrics & Gynecology Department.
#IGMH #WomensHealth #OBGYN #MaldivesHealthcare #PatientCare
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް ގައި ޚިދުމަތްކުރެއްވުމަށް، މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި ގުޅިވަޑައިގެންފައިވާތީ، އަޅުގަނޑުމެން MCGH ގެ ޓީމުން މިކާމިޔާބީ ނުހަނު އުފަލާއެކު ފާހަގަކޮށް މި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަން.
މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭ.
އަދި ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީ.އެން.ޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ މިހާރު ގުޅިވަޑައިގެންފައި.
ހަމަ މިއާއެކު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފް ކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް އިރާދަކުރެވިއްޔާ މިއަހަރު ފެށިގެންދާނެ. މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، ކުރިން ރާއްޖެއިން ލިބެންނެތް ގިނަ ޚިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅަށާއި، މި ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމަށްޓަކައި އެމަނިކުފާނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަދި MCGH ގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތް ޕްރޮފެޝަނަލުންނާއި، ޓެކްނީޝަނުންނާއި، ސަޕޯޓް މުވައްޒަފުންނާއި އެންމެހާ އިދާރީ މުވައްޒަފުންނަށް ހިތުގެއަޑިން ޝުކުރު ދަންނަވަން. ތިޔަ ހުރިހާ މުވައްޒަފުންނާމެދު އަޅުގަނޑު ފަޚުރުވެރިވަން. އަދި އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކަށް ވަޑައިގަންނަވާ އެންމެހާ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލުމާއި، ހިތްހެޔޮކަމާއި އަދި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރަން.
އަޅުގަނޑުމެން އެންމެން މިކުރާ އިޚްލާޞްތެރި މަސައްކަތުގައި މާތް الله ބަރަކާތްލައްވާށި! އާމީން!!
ބައިނަލްއަޤުވާމީ ހިއުމަން ރިސޯސް (އެޗް.އާރް) ދުވަހުގެ މުނާސަބަތުގައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހުރިހާ އެޗް.އާރް ޓީމުތަކުން ކުރައްވަމުންދާ އަގުހުރި މަސައްކަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރަން.
3,000 އަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ އެމް.ސީ.ޖީ.އެޗްގެ މިޞިއްޙީ ނިޒާމުގައި، އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތަކީ ނުހަނު ބޮޑު މަސައްކަތެއް. މުވައްޒަފުން ރޭވުންތެރިކަމާއެކު ބެލެހެއްޓުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަކީ ހަމައެކަނި އިދާރީ މަސައްކަތެއް ނޫން. އެއީ އާންމުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާއި، ޚިދުމަތްތައް ލިބިގަތުމަށް އޮންނަ ފަސޭހަކަމާއި، އަދި އިތުބާރު ކަނޑައަޅައިދޭ މުހިންމު އިސްތިރާޖީ ދައުރެއް.
މި އަހަރުގެ ޝިއާރު ކަމަށްވާ "ބަދަލުތައް ގެނައުމަށް މުވައްޒަފުން ބާރުވެރިކުރުވުން" (Empower People to Lead Change) އަކީ އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލާ ނުހަނު ގުޅޭ ޝިއާރެއް. ނިޒާމަށް އަންނަ ބަދަލުތަކަކީ، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން މަގުދައްކައި، އެހީތެރިކަން ފޯރުކޮށްދީ، ޒިންމާދާރުކުރުވޭ ބާރުވެރި މުވައްޒަފުންގެ ފަރާތުން އަންނަންޖެހޭ ބަދަލުތަކެއް.
ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގައި، މުވައްޒަފުން ރޭވުމާއި، ވަޞީލަތްތައް ހަމަޖެއްސުމާއި، އަދި އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން މުވައްޒަފުންގެ ބޭނުން ހިފުމުގައި އެޗް.އާރް އަކީ މައިގަނޑު އަސާސް. ކޮންމެ މުވައްޒަފަކީވެސް ވަކި މަގުސަދެއްގައި، އެންމެ އެކަށޭނަ ޒިންމާދާރުގޮތުގައި މަސައްކަތްކުރާ، އަދި އާންމުންނަށް މާނަހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިހުންނަ މީހަކަށް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.
މުވައްޒަފުންގެ ރޭވުންތެރިކަމުގައި ހުންނަ ކޮންމެ އުނިކަމަކީ ނުވަތަ އެކަށީގެންވާ ގޮތެއްގައި މުވައްޒަފުން ބޭނުން ނުކުރެވުމަކީ، ބަލިމީހުންނަށް ދެވޭ ފަރުވާއަށާއި އާންމުންގެ އިތުބާރަށް ސީދާ އަސަރުކުރާނެ ކަމެއް. އެހެންކަމުން، އެޗް.އާރްގެ މަސައްކަތްތައް ބިނާވާންވާނީ ހާމަކަން ބޮޑު، ޒިންމާދާރު، އަދި ދުރުވިސްނޭ އުސޫލުތަކެއްގެ މައްޗަށް. އެންމެ އެކަށޭނަ މީހާ، އެންމެ ރަނގަޅު ވަގުތުގައި، އެންމެ އެކަށޭނަ މަގާމުގައި ހުރެ، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަކީ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް.
ޓެކްނޮލޮޖީއާއި އޭ.އައި (AI) ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މި ދުވަސްވަރު، އެޗް.އާރްގެ ދައުރު ކުރިއަށްވުރެ މުހިންމުވެއްޖެ. މިއީ ހަމައެކަނި ނިޒާމުތައް ހަރުދަނާކޮށް ހިންގުންތެރިކަން އިތުރުކުރުމަށް އެކަންޏެއް ނޫން. ޞިއްޙީ ޚިދުމަތުގެ ތެރޭގައިވާ "އިންސާނީވަންތަކަން" ހިމާޔަތްކުރުމަށްޓަކައިވެސް މެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ވަރުގަދަކަން ބިނާވެފައިވަނީ ހަމައެކަނި ތިބި މުވައްޒަފުންގެ އަދަދަކަށް ނޫން. އެއީ ހިންގުންތެރި މުވައްޒަފުންތަކެއް ކަމުގައި ވުމުން.
މި ހިންގުންތެރިކަން ކަށަވަރުކުރުމުގައި، އެޗް.އާރް އިން އަދާކުރަނީ ނިންމުންތައް ނިންމާ މުހިންމު ދައުރެކެވެ. އެއީ ހަމައެކަނި މަސައްކަތްތަކަށް މަގުފަހިކޮށްދޭ ފަރާތެއްގެ ގޮތުގައެއް ނޫނެވެ. އަދި ކިއެއްތަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ހިފަހައްޓައި، މުއައްސަސާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރާ ބަލަދުވެރިންގެ ގޮތުގައެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ހަރުދަނާ ގަވަރނަންސް ނުވަތަ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ކޮންމެ މުވައްޒަފަކީވެސް ތަމްރީނާއި ތަޖުރިބާ ލިބިފައިވާ، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭނެ މީހަކަށް ހެދުން. މި މުހިންމު މަސައްކަތުގައި އެޗް.އާރް ޓީމުތަކުން ކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ، ތިޔަ ކުރައްވާ ހިތްވަރަށް ސާބަސް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ބޮޑު އުފަލެއް.
ޞިއްޙީ ޚިދުމަތުގެ މި ބޮޑު އާއިލާގެ ކޮންމެ މުވައްޒަފެއްގެ ކަންކަން ބެލެހެއްޓުމުގައްޔާއި، މަސައްކަތުގެ މާހައުލު ބައްޓަންކުރުމުގައި ތިޔަބޭފުޅުން ދައްކަވާ ހިތްވަރާއި ކެތްތެރިކަމަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެއް.
މާތްﷲ ތިޔަބޭފުޅުންގެ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، ތިޔަ ކުރައްވާ މިންނެތް މަސައްކަތަށް ހެޔޮ ޖަޒާ ދެއްވާށި. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކުރިއެރުމާއި، ކާމިޔާބީއާއި، ބާއްޖަވެރިކަން މިންވަރު ކުރައްވާށި
! އާމީން.
ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މާލެސިޓި ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ހީވާގި ނަރުހުންނަށާއި އަދި އެންމެހާ ނަރުހުންނަށް އަރިސްކުރަން.ނަރުސްކަމަކީ އިންސާނީ ކަރާމާތް ޙިމާޔަތްކުރުމަށް ވެވޭ މަތިވެރި ޢަހުދެއް. ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހު، ރާއްޖޭގައި މަސައްކަތް ކުރައްވާ ހުރިހާ ނަރުހުން އަދި ޚާއްޞަކޮށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ނަރުހުން ކުރައްވާ ބުރަ އަދި މާތް މަސައްކަތް ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މާތްﷲ ތިޔަ ކުރައްވާ އިޚްލާޞްތެރި މަސައްކަތުގައި ބަރަކާތް ލައްވާށި!
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލް ރައްޒާގު ޙަލީމްގެ އިތުރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުން.
IGMH retweeted
ލެބޯޓަރީގައި ޓެސްޓުހެދުމަށް ބޭނުންވާ ބައެއް ތަކެއްޗާއި ލޭދިޔާކުރާ ބޭސް ހުސްވެފައިވާކަމަށް ދެކެވޭ ވާހަކައާ ބެހޭ.
ލިތިއަމް ޓެސްޓު ކިޓެއް ބޭނުންވަނީ ގާތްގަނޑަކަށް ކޮންމެ ތިންމަހުން އެއް ކިޓެވެ. މީގެ ރިއެޖެންޓްސް ހުސްވުމުގެ ކުރިން ދުރާލާ އޯޑަރު ކޮށްފައިވެއެވެ. އަދި އިއްޔެ (ހޮނިހިރު ދުވަހަށް) މިތަކެތި ލިބޭގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ލޮޖިސްޓިކްސް ޑިލޭއެއްގެ ސަބަބުން މިތަކެތި އިއްޔެ ކިޓު ހުސްވިއިރު ލިބިފައެއް ނުވެއެވެ. ނަމަވެސް މާދަމާ އިން ފެށިގެން މި ޓެސްޓު ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލުން ރޫޓީންކޮށް ހަދާ ހުރިހާ ޓެސްޓުތައް ހެދުމުގައި އެއްވެސް ދަތިކަމެއް ދިމާވެފައި ނުވެއެވެ.
މީގެ އިތުރުން ލެބޯޓަރީގައި ޕެޓްރި ޑިޝް އަދި ސްޓްރޯކް ޕޭޝަންޓުންނަށް ބޭނުންވާ ލޭދިޔާކުރާ ބޭސް ހުސްވެފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫނެވެ.
IGMH retweeted
ސްކޭންތަކުން ފެށިގެން ޕްރޮސީޖަރތަކާ ހަމައަށް އައި.ޖީ.އެމް.އެޗް./ޑީ.އެޗް. ގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގެ ހުނަރުވެރި ރޭޑިއޮލޮޖިސްޓުން ވަނީ މިހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ހޫކްވައިރ ލޮކަލައިޒޭޝަން ހަދާފައެވެ. މިއީ، އުރަމަތީގެ އަތުގައި ނުޖެހޭ ގޮށްތައް އޮޕަރޭޝަން ޑޮކްޓަރުންނަށް އަމާޒުކޮށް މަގުދައްކައިދިނުމަށް ބޭނުން ކުރެވޭ އާލާތެކެވެ. މިއީ އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަނެ ފަރުވާ ދިނުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
#ރޭޑިއޮލޮޖީ #އުރަމަތީގެ_ޞިއްޙަތު #އަވަހަށް_ދެނެގަތުން
ހުކްވަޔަރު ޕްލޭސްމަންޓް" ނޫނީ "ހުކްވަޔަރ ލޮކަލައިޒޭޝަން" އަކީ ގަނޑު ކޮޅެއް، ނުނީ އާދަޔާޚިލާފުކޮށް ހުންނަ އަތުގައި ނުޖެހޭ ތަނެއް އޮޕަރޭޝަން ކުރަން ޖެހޭ ހާލަތްތަކުގައި، އެތަން ފާހަގަކުރުމަށް އިމޭޖިންގެ [އަލްޓްރަރސައުންޑް ، ސީޓީ، އެމް.އަރް.އައި) ޒަރީޔާއިން ހުކްވަޔަރ ކިޔާ އާލާތެއް ބޭނުން ކޮށްގެން އެތަން ސާޖަނުންނަށް ފާހަގަ ކޮށްދިނުމެވެ.
މިކަމަށް ބޭނުން ކުރެވޭ ވަޔަރު ކޮޅު އޮޕަރޭޝަންގެ ކުރިން އިމޭޖިންގެ [އަލްޓްރަރސައުންޑް ، ސީޓީ، އެމް.އަރް.އައި) އެހީގައި ލައްވައިދެއްވާނީ ރޭޑިއޮލޮޖިސްޓުންނެވެ. ކުރިން ފާހަގަކުރި ގަނޑު ކޮޅަށް ލެއްވޭ ވަޔަރުގެ ދިގުބައި ހަންގަޑުން ބޭރަށް ފެންނަން ހުންނާނެއެވެ. އޮޕަރޭޝަން ކުރުމުގައި މި ވަޔަރުގެ ވަށައިގެންވާ ބައި ސަރޖަނުން ނަންގަވައެވެ. އަދި ނެގުމަށްފަހު ނެގިގެންދާ ބައި އެއީ އެގަނޑު ކޮޅު އެއްކޮންތޯ ކަށަވަރުކުރުމަށް އަލުން އިމޭޖިން ހާދާ ސަރޖަނުންނަށް މިކަން ކަށަވަރުވެސްކޮށް ދެވިގެން ދާނެއެވެ.
އާންމުގޮތެއްގައި ހުކްވަޔަރ ލޮކަލައިޒޭޝަން ކުރެވެނީ އުރަމަތީގައި އުފެދޭ އިމޭޖިންނަށް ފެންނަ ނަމަވެސް އަތުގައި ނުޖެހޭ ގަނޑުކޮޅުތަކުގަޔެވެ.
IGMH retweeted
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 'ޑައިރެކްޓް އެންޓީރިއަރ ޓޯޓަލް ހިޕް ރިޕްލޭސްމެންޓް ސަރޖަރީއެއް 30 ސެޕްޓެމްބަރ 2025 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލްގެ އޯތޮޕީޑިކް ޓީމުން، ހެޑް އޮފް ދަ ޑިޕާޓްމަންޓް ޑރ. އަޙްމަދު އާޒިމް ޢަބްދުއްޝަކޫރުގެ އިސްކޮށް ހުންނަވައިގެން، ކާމިޔާބުކަމާއެކު ވަނީ ކޮށްފައި. މިކާމިޔާބީއަކީ ހަމައެކަނި ހޮސްޕިޓަލަށް އެކަނި ލިބުނު ކާމިޔާބީއެއްނޫން، މިއީ ސިއްހީރޮގުން މުޅި ޤައުމަށްވެސް ލިބުނު ބޮޑު ކާމިޔާބީއެއް. 16 ނޮވެމްބަރ 2024ގައި ހުޅުވުނު އޮޕަރޭޝަން ތިއޭޓަރ ކޮންޕްލެކްސްގައި ކަށީގެ އޮޕަރޭޝަންތަކަށް ފަރުމާކުރެވިފައިވާ އޮޕަރޭޓިން ރޫމްގައި ކުރި މި ޒަމާނީ، އަދި ނިސްބަތުން ކުޑަ އޮޕަރޭޝަނުގެ ސަބަބުން، ބަލިމީހާ އާދައިގެ ދިރިއުޅުމަށް އަވަހަށް އެނބުރި އައުމުގެ ފުރުސަތު އަވަހަށް
إن شاء الله ލިބިގެންދާނެ
އަޅުގަނޑުމެންގެ ފަޚުރުވެރި ފަންނީ ޓީމުގެ ހުނަރުވެރިކަމަށާއި، ހިތްވަރާއި، އާ އީޖާދުތަކަށް ދެއްވާ ސަމާލުކަމަށްޓަކައި ޝުކުރު ދަންނަވަން. މި ތާރީޚީ ކާމިޔާބީއަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އެންމެ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދެކޭ ހުވަފެނުގެ ދަންމަރު ދިއްލިގެންދާކަމުގެ އަލިގަދަހެއްކެއް.
اللهގެ ވާގިފުޅާއެކު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހޮސްޕިޓަލް ތަކުގެ ޓީމުތަކުން މިދަނީ ސިއްޙީ ޚިދުމަތުގައި ކުރެވިދާނެ ކަންތައްތަކަށް އައު މާނައެއް ގެނެސްދެމުން.
IGMH retweeted
Indira Gandhi Memorial Hospital (IGMH) and Dharumavantha Hospital (DH) have been selected as the first hospitals in the Maldives to undergo the Joint Commission International (JCI) Patient Safety Pathways Compliance Assessment. The Patient Safety Pathways initiative focuses on the needs of healthcare organizations starting their journey towards eliminating avoidable patient harm by creating pathways for incremental improvements and transformative change.
This milestone represents an important step towards aligning with international best practices, enhancing patient care pathways, and further strengthening our commitment to the highest standards of safety and quality.@igmhmv
IGMH retweeted
Dr. Asadh Mohamed Shaheedh, Consultant in Anesthesiology shares his thoughts during the Ungoofaaru Surgical Outreach Program 2025 - a collaborative effort between MoH, @igmhmv and @urh_mv
#CommunityOutreach
#HealthForAll
IGMH retweeted
ރާއްޖޭގައި ކިޑްނީ ބަލީގެ ޚިދުމަތް ފެށިތާ 24 އަހަރު ފުރުން ފާހަގަކުރުމާ ގުޅޭ މަޢުލޫމާތު މިރޭގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި.
@igmhmv























































