I want nothing but to set things right as far as I can.

Joined June 2013
ރަސްމާލެ ވިއްކާލުމަށް ސަރުކާރުން ކުރާމަސައްކަތާ ދެކޮޅަށް ބާއްވާ ނޫސްކޮންފަރެންސެއް އިރާދަކުރެއްވިއްޔާ މިއަދު ހަވީރު 4:30 ގައި އޮންނާނެ. ޓީވީތަކުން ލައިވްކުރާނެ.
28
21
6
57
7,286
މިހާތަނަށް ނުކުރައްވާނެ ކަމަށް ހަރުއަޑުފުޅުން ރައީސް މުއިއްޒު ވިދާޅުވާ “ރައްޔިތުންނަށް އަނިޔާކުރުން” ދާދި އަވަށް ބާރަށް ހިނގައި ގަންނާނެ. ދިވެހިލޮބުވެތި ރައްޔިތުން ބައްލަވަން ތިއްބަވާ
34
12
10
31
3,582
ރަސްމާލެ ވިއްކާލުމުގެ މައްސަލަ އަކީ އެކަމުގެ ފަހަތުގައިވާ ނުރައްކާތެރިކަމާއި ބިރުވެރިކަން ކުޑަކޮށް ދިރާސާކޮށް ބަލާލިޔަސް ސާފުކޮށް ޙަޤީގަތް ފެންނާނެ މައްސަލައެއް. މި ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރަށްކާތެރި ބިރުވެރި ކަންކަން. ދިވެހި ޤައުމުދެކެ ލޯބިވާ ގައުމީ ވިންދާލޭ ހިނގާ ކޮންމެ ދިވެހި ދަރިޔަކު މިކަން ރަނގަޅަށް ބަލާ ދިރާސާކުރުމަށްފަހު ޤައުމާއި ދީނުގެ ޙައްގުގައި އަޑުހަރުކޮށް ބަސްބުނަން ތެދުވަން ޖެހޭ.
35
34
7
55
6,791
މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވުމަށް މެންބަރަށް އަރާވަޑައިގެންނެވި އެންމެހާ ލޮބުވެތި އިމާމުން،ޝައިޚުން،އިލްމުވެރިން. ތިޔަ ބޭފުޅުން ތިޔަ އަދާކުރެއްވީ ވަރަށްބޮޑު ދީނީ ވާޖިބެއް. ތިޔަ އުފުއްލެވީ ވަރަށް ބޮޑު އަމާނާތެއް. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވަނީ ވަރަށްބިޔަ ޒިިިިިިންމާއެއް. އެޒިިންމާ ޙައްގު ގޮތުގައި އަދާ ކުރެއްވުމަކީ ތިޔަބޭފުޅުން ދީނީ ވާޖިބެއް. ސައްތައިން ސައްތަ މި އިސްލާމީ ފަސްގަޑުން ބޮޑު ބައެއް ޔަހޫދީ ޒައިނިސްޓުންނަށް ވިއްކާލުމަށް ރޭވޭ ރޭވުން ހުއްޓުވުމށް ކެރިގެން ޙައްޤު ބަސްބުނުމަކީ ތިޔަ އިމާމުންގެ ދީނީ ޤައުމީ ވާޖިބެއް. ތިޔަ އިމާމުން ޙައްގުބަސް ބުނަން ބިރުގެން ފަސްޖެހިފައި ތިއްބާ މި ގައުމުގާ ގިނަ އަދަދެއްގެ ޔަހޫދީންނާއި ޒައިނިސްޓުން ވަޒަންވެރިވެ. މިގައުމުގެ ސައްތައިން ސައްތަ އިސްލާމްކަން ކެނޑި އިތުރުދީންތައްފެތުރި އެބައިމީހުންގެ މައްޗަށް ބާރުވެރިކަންލިބި މުސްލިމުންނަށް އަނީޔާލިބި ނިކަމެތިވެ އަޅުވެތިވާ ހިސާބަށް ކަން ކަން ހިނގައްޖެ ނަމަ ތިޔަ އިމާމުން މިއަދުގެ ޚުތުބާގައި ވިދާޅުވި ފަދައިން الله ގެ ޙަޟުރަތުގައި ދޭނީ ކޮން ޖަވާބެއްތޯއެވެ. އެކަމުގެ ސަބަބުން އަތުވެދާނެ އުޤޫބާތަކަށް އެންމެ ބޮޑަށް ބިރުވެތިވެ ވަޑައިގަންނަވަން ވާނީ ތިޔަ އިމާމުން ނޫންތޯއެވެ.
29
26
5
77
8,379
ރަސްމާލޭގައި އާބާދުކުރާ 30000 ބިދޭސީން ރަސްމާލެ އަތިރިމައްޗަށް އެއްވެ ކުފުރު ޔޯގާ ޑޭ ފާހަގަކޮށްފި ނަމަ ކިހިނެއް ހުއްޓުވާނީ؟ ސަރުކާރަށް ކީއްކުރެވޭނީ؟ ދިވެހި ފުލުހުންގެ ކޮން ބާރެއް އޮންނާނީ؟ ކާކު ޒިންމާ ނަގާނީ؟ ރާއްޖޭގައި ޝިރުކު ފަތުރަން މަގު ކޮށައިދޭ މީހަކަށް ތިބާ ނުވާށެވެ. ރާއްޖެއަށް ޣައިރު ދީންތައް ގެންނަ މީހަކަށް ތިބާ ނުވާށެވެ. އެކަން ކޮށްފިނަމަ މާތް ﷲގެ ލަޢުނަތާއި ކޯފާއާއި ޢަޛާބު ތިބާއަށް ޙައްޤުވާނެކަން ޔަޤީނެވެ. #alabbarout
18
23
5
52
6,148
މިއަދު ޒައެނިސްޓުންނާއެކު ވިޔަފާރި ކުރަން އެއްބަސްވާ މީހުންގެ ދަރިން މާދަމާ ޒައެނިސްޓުންނާއެކު ސިޔާސީ ގުޅުން ބާއްވަން އެއްބަސްވާނެ، އެއީ އެކަން ހިނގާ ގޮތް! ބައެއް ކަންކަމުގެ ތެރެއަށް ވަދެނުގަތުމަކީ އެންމެ ބުއްދިވެރިގޮތް!
5
43
3
90
2,794
ފަލަސްތީން ތަޅާ ސުންނާފަތިކޮށް އެތަނުގެ ކުށެއްނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނަށް ރަހުމްކުޑަ އަނިޔާދީ ބަނޑަށްޖައްސައި އަދި، މުސްލިމުންގެ ފުރަތަމަ ޤިބްލަ ހިމެނޭ މުޤައްދަސް ބިމަށް އުދުވާނީ ހަމަލާދިނުމުގައި ދެމިތިބި ޒައިނިސްޓުންގެ އަނިޔާވެރިކަމަށް އެހީވުމަށް އެތަށް ބިލިޔަން ޑޮލަރެއްގެ ޑޮނޭޝަން ދެމުންދާ މީހަކީ ދިވެހިންނަށް މާހެޔޮއެދޭ މީހެއްކަމަށް ދައްކަން ރައީސް މުއިއްޒު ހިންގަމުންދަނީ ހީލަތްތެރި ރޭވުމެއް. ދުނިޔޭގެ އެތަންމިތަނުގައި މިފަދަ މީހުން ހިންގާ މިފަދަ ކަންކަމުން ފެންނަނީ އެ ޤައުމުތަކުގައި ޒައިނިސްޓުން ވަޒަންވެރިކޮށް އެ ގައުމުތަކުގެ އިގްތިސާދު ކޮންޓްރޯލްކޮށް މުއްސަނދިކަން ފޭރިގަންނަތަން. ރައީސް މުއިއްޒުގެ މި ހީލަތްތެރި ޚިޔާނާތާ ދެކޮޅަށް ތެދުވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ގޮވާލަން. މި ކަމާމެދު ހަނުތިބުމަކީ އުންމަތުގެ ޙައްގުގައި، ދިވެހި ގައުމުގެ ޙައްގުގައި، އަދި ފަލަސްތީނުގެ ޙައްގުގައި ވެވޭ ޚިޔާނާތެއް!
23
35
5
63
7,740
މާތް اللهގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދިވެހި އުންމަތް ސަލާމަތްކުރާނަން! ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ދިވެހިން ނުތިބޭނެ!
46
54
19
95
10,807
Imran Abdulla retweeted
ދިވެހި އުއްމަތުގެ ޙައްޤުގާ ހަށި ފޮޅާލާ” ދިވެހި ދިދަ ޙިމާޔަތް ކުރަން އަތުގުޅާލާ ދިވެހި ލެއިންނެ ދިޔައީ މިތާ ނަން ފަވާލާ ދިވެހި ބިމުގެ ޝަރަފަށްޓަކާ މާތްވި ދީނާ “ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ ކޮންމެ ދިވެއްސަކުމެ ގައުމުގެ ހައްގުގައި ބަސް ބުނަންޖެހޭ.. youtu.be/TjMSdFYpiNQ?si=WQuo…
3
16
24
3,247
ހުރިހިތާމައެއްގެ ބޮޑުކަމާއެވެ! ފަލަސްޠީނު ރައްޔިތުންނާ މެދު މިހާ ނިކަމެތިކޮށް ވާހަކަ ދައްކާ ފަރާތަކާ އަޅުގަނޑުން ގާތްވާނީ ކިހިނެތް! ޣައްޒާގެ ރައްޔިތުންނާ މެދު އިންސާނިއްޔަތު ކަމެއް ނެތް ނަމަ، ދެން އަޅުގަނޑުމެންނާ މެދު އޮންނާނީ ކޮން ރަޙުމެއް!
20
40
6
83
8,350
މިރާއްޖޭގައި އިންވެސްޓުކުރުމުގެ ނަމުގައި ބޭރުން އަންނަ ވިޔަފާރިވެރިއަކު ސަރުކާރާއި މަޖިލީހާއި ދެންވެސް މިރާއްޖޭގެ ދައުލަތުގައި އޮތިއްޔާ އޮތް އެއްޗެއް އަތްދަށުލާން އުޅޭތަން މިފެންނަނީ. މިގޮތަށް ޒައިނިސްޓުންގެ މަސްލަހަތު އޮތް ބިދޭސީއެއްގެ އަތްމައްޗަށް މި ގައުމުގެ ބާރުތައް ރައީސް މުއިއްޒު ދޫކޮށްލަން ރުހިގަބޫލުވެގެން ނުތިބެވޭނެ! adhadhu.com/88019
41
57
15
83
11,905
ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ދިވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހިއްކި ބިން ޒައިނިސްޓުންގެ މަސްލަހަތު ހިމެނޭ ބަޔަކަށް ހިލޭ ދޫކޮށްލަން ކުއްލިގޮތަކަށް ސަރުކާރުން ނިންމީ ކާކަށް ކިހާވަރަކަށް ކޯއްޗެއް ލިބިގެންބާ؟
20
21
3
35
4,518
ރަސްމާލެ މުއާމަލާތާ ގުޅޭގޮތުން ލިބެންހުރި މައުލޫމާތަށް ބަލައިރު މިއީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރިގޮތަށް ދިގުމުއްދަތުގައި ދިވެހިރާއްޖެ ޔަހޫދީންނަށް ދޫކޮށްލުމަށް ރާވާފައި އޮތް ނުރައްކާތެރި ޣަދަރުވެރި ރޭވުމެއް. ދީނާއި ޤައުމާމެދު ޣީރަތްތެރިކަމެއް ހިތުގައި އޮތް ބަޔަކު މިވަރުގެ ނުލަފާކަމެއް ނުކުރާނެ. މި މުއާމަލާތް އިތުރަށް ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ގޮވާލަން!
21
28
18
40
12,700
ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ދާނީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި، ދިވެހިންގެ ގޮތުގައި ތިބެގެން! ތަރައްޤީގެ ނަމުގައި ވިޔަސް، ވިޔަފާރީގެ ނަމުގައި ވިޔަސް، ޞިޙްޔޫނީންގެ އަތްމައްޗަށް މިރާއްޖޭގެ ބާރު ދޫކޮށެއް ނުލެވޭނެ. އެއީ ދިވެހިންގެ ނަމުގައި އެއްވެސް ސަރުކާރަކަށް ކުރަން ޙައްޤު އޮތްކަމެއް ނޫން. މާތް اللهގެ ވާގިފުޅާއެކު އެފަދަ ކޮންމެ ރޭވުމެއް ބޭޒާރުކޮށް ހުއްޓުވާނެ ދިވެހި ދަރިން އަބަދުވެސް ތިބޭނެ.
22
14
9
35
6,107
ރަސްމާލެ މުއާމަލާތުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިއްސާކުރަންޖެހޭ! ރަސްމާލެ މުއާމަލާތުގައި ހިމެނޭ ކުންފުނިން ހާމަކުރި މައުލޫމާތު އެއްދުވަސްތެރޭ ބަދަލުކުރީމާ އެނގެނީ މިކަމުގައި އަޑިނޭނގޭ ނުރައްކާތެރި އެތައްކަމެއް ފޮރުވިފައި ހުރިކަން. މިއީ އަންނާންއޮތް ދިވެހި ޖީލުތަކުގެ ޙައްޤު ހިމެނޭ މުއާމަލާތެއް. މިކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރުމުގެ ކުރިން މި މުއާމަލާތް ކުރިއަށްގެންދެވިގެން ނުވާނެ.
15
18
5
30
4,403
ނިއުޅެމުންދާ އަޑިނޭގޭ ކަންކަމަށް ބާލާއިރު، ދިވެހި ޤައުމުގެ ޙިމާޔަތުގައި ސިޔާސީ ފިކުރު އެއްކިބާކޮށް ދިވެހިން ތެދުވަންވީ ވަގުތު އަނެއްކާވެސް ޖެހިއްޖެ! ދިވެހިރާއްޖޭގެ ވޭތުވެދިޔަ ދިގު ތާރީޚުގައި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ހިނދެއްގައި ދިވެހިންވަނީ އެކަންކަމާ ދެކޮޅަށް ތެދުވެ ޤައުމު ޙިމާޔަތްކޮށްފަ. ވަކިން ޚާއްސަކޮށް މިރާއްޖޭގެ ފަހުގެ ތާރީޚާށް ބަލާލީމާ ރައީސް މުއިއްޒަށް ސާފުވެވަޑައިގަންނަވަންވާނެ އެއްކަމަކީ ދީނާއި ޤައުމަށް ޣަދަރުވެރިވުމުގެ ނަތީޖާ ޚުދު އެމަނިކުފާނަށްވެސް ހިތިވާނެކަން.
40
30
20
66
19,583
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީ @MDPSecretariat ގެ ކެންޑިޑޭޓް އަލްފާޟިލް ޢަބްދުالله ޞާދިޤް @SobeAbdulla އަށް މަރުޙަބާ ދަންނަވަން. ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ، ޤާނޫނުން ކަސްތޮޅުއަޅުވައިގެން ރައީސް މުޢިއްޒު ގެންގުޅުއްވާ ޕީއެންސީގެ ޕީޖީގެ ތެރެއިން ގެއްލުވާލާ ކޮންމެ ގޮނޑިއެއް ގެ އިންތިޚާބު ނިމިގެންދާނެގޮތުގެ ދެލިކޮޕީކަން ރައީސް މުޢިއްޒާއި ސަރުކާރުގެ ވެރިންނަށް މިހާރު މޭރުންވާނެ.
9
4
3
22
4,339
Imran Abdulla retweeted
This is Russia! 🇷🇺 Eid prayers pack the streets! Islam is growing all OVER THE WORLD 🌍
48
190
4
1,169
14,194