"ބްރަދަރ މުއްތަލިބު" އިދިކޮޅު ސިއްސުވާލި ވަޒީރު! jeeluonline.com/50046
81
ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޖަލްސާއަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަން! 🇲🇻
📅 17 ނޮވެމްބަރު 2026 (އަންގާރަ)
🕗 ރޭގަނޑު 20:00
📍 ހުޅުމާލެ ސެންޓްރަލް ޕާކް
#Muizzu2028
#DhiveheengeRaajje
ކީރިތި ޤުރުއާނުގެ ޙުކުމްތައް ނަގަހައްޓަވައި، މުޖުތަމަޢުގެ އަމަންއަމާންކަން ޤާއިމުކުރުމަށް ރައީސް ޑރ. @MMuizzu ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަކީ އެމަނިކުފާނު މި ޤައުމާއި ދީނަށް އޮތް މަތިވެރި ލޯބީގެ ސާފު ހެއްކެއް! ފަސްޖެހުމެއްނެތި ދީނަށް ނަޞްރުދެއްވާ ލީޑަރެއް. 👏🇲🇻
#Maldives #Muizzu #IslamicValues
116
ހއ. ވަށަފަރު އ. ތ. މ ކޮމިޓީގެ ރައީސާ ކަމަށް
ޒައިނާޒް އަޙްމަދު 2️⃣✅
#ހަމަޖެހުން #ތަރައްޤީ #ރައްކާތެރިކަން
#ދިވެހީންގެރާއްޖެ
ވ ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް
އަޙްމަދު އަމަން މުޙައްމަދު 2️⃣✅
#ހަމަޖެހުން #ތަރައްޤީ #ރައްކާތެރިކަން
#ދިވެހީންގެރާއްޖެ
އައްޑު ހުޅުދޫ އ. ތ. މ ކޮމިޓީގެ މެންބަރު ކަމަށް
ފާޠިމަތު ނަބާހާ 1 ✅
#ހަމަޖެހުން #ތަރައްޤީ #ރައްކާތެރިކަން
#ދިވެހީންގެރާއްޖެ
ކާފަ (މަންމަގެ ބައްޕަ) ❤️
ގަމު ދޮންރަހާ ކަތީބު: އައްޑޫ ގަންފޭދޫގެ ތާރީޚީ ވަރުގަދަ ޝަޚްސިއްޔަތެއް:
ޢަބްދު ﷲ މަނިކުފާނު (ކަތީބު ދޮންރަހާ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 23 ފެބްރުއަރީ 1923 ގައި ސ. ގަމުގައެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީ ގަމު މިސްކިތްމައިގޭ ޢަލީ މަނިކުފާނުގެ ޙަސަން މަނިކުފާނެވެ. މަންމާފުޅަކީ ގަމު މަތިކެޑަގޭ އާމިނާ މަނިކުފާނެވެ. ކަތީބު ދޮންރަހާއަކީ މި ދެމަފިރިންނަށް ލިބިވަޑައިގަތް ތިން ފިރިހެން ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ. ދޮންރަހާ ކަތީބުގެ އަމިއްލަ ދިރިއުޅުއްވުމަށް ބަލާއިރު، އެ މަނިކުފާނަށް ފަސް ފިރިހެން ބޭފުޅުންނާއި ފަސް އަންހެން ބޭފުޅުންނާއެކު ޖުމްލަ ދިހަ ބޭފުޅުން ލިބިވަޑައިގަތެވެ.
ދޮންރަހާ ކަތީބަށް މަގާމުގެ ފަތްކޮޅު ލިބިވަޑައިގަތް ގޮތަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ހާދިސާއެކެވެ. އެ މަނިކުފާނުގެ ތުއްޕުޅުއިރު، އޭރުގެ ދިވެހިރާއްޖޭގެ ރަސްގެފާނު އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަށް ޖެހިވަޑައިގަތް ލޮލުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް، ގަމުގެ ކުޅަދާނަ ދިވެހި ބޭސްވެރިއެއް ކަމުގައިވާ އާމިނާ މަނިކުފާނު (ދޮންރަހާގެ މަންމަ) މާލެ ގެންދެވުނެވެ. އާމިނާ މަނިކުފާނުގެ ފަރުވާއިން ރަސްގެފާނުގެ އާލާސްކަންފުޅު ފަސޭހަވުމުން، ހަދިޔާއެއްގެ ގޮތުގައި އެކަމަނާގެ ދަރިކަލުން ޢަބްދު ﷲ މަނިކުފާނަށް ގަމުގެ ކަތީބުކަން ދެއްވިއެވެ. އެ ދުވަހު ރަސްގެފާނު ދެއްވި ކަތީބުކަމުގެ ފަތްކޮޅާއެކު، ޢުމުރުފުޅު ހަމަވުމުން އެ މަނިކުފާނު ޚިދުމަތް ފެއްޓެވިއެވެ. ގަމުގެ ކަތީބުކަމުން ފެށިގެން، ފޭދޫގެ ކަތީބުކަމާ ހަމައަށް، އަވަހާރަވަންދެން އެ މަނިކުފާނު ދެމިހުންނެވީ އިޚްލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.
އައްޑޫގެ ތާރީޚަށް ނަޒަރު ހިންގާއިރު، ހިތަދޫ ފިޔަވައި އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ފޭދޫގެ ތަރައްޤީއަށް ދޮންރަހާ ކަތީބު ކުރެއްވި ޚިދުމަތްތަކަކީ މިއަދުވެސް ރައްޔިތުންގެ ހިތްތަކުގައި ބަހާލެވޭނެ ފަދަ އަގުހުރި މަސައްކަތްތަކެކެވެ. އެ މަނިކުފާނުގެ ދުރުވިސްނުންފުޅާއި، ހިންގުންތެރިކަމުގެ ވާހަކައަކީ މިއަދުގެ ދުވަސްވީ ރައްޔިތުން ނަމޫނާއެއްގެ ގޮތުގައި ދައްކާ ވާހަކަތަކެކެވެ. އަތޮޅުގެ ވެރިކަން ކުރާ ފަރާތްތަކުންނާއި، ޚާއްޞަކޮށް ސުވާދީވް ސަރުކާރުގެ ދުވަސްވަރު ރައީސް އަފީފް ދީދީވެސް، މުހިންމު ނިންމުންތައް ނިންމެވުމުގައި ދޮންރަހާ ކަތީބުގެ ލަފާފުޅާއި އިރުޝާދު ހޯއްދެވި ކަމަށް ބުނެވެއެވެ. ސުވާދީވް ސަރުކާރުން މާލޭ ސަރުކާރާއެކު ކުރެވުނު މުހިންމު މަޝްވަރާތަކުގައި އައްޑޫ ތަމްސީލުކުރެއްވި ވަފުދުތަކުގައި އެ މަނިކުފާނު ހިމެނިވަޑައިގަތުމަކީ، ރަށު ފެންވަރަށްވުރެ މަތީ ގައުމީ ފެންވަރުގައި އެ މަނިކުފާނުގެ ގާބިލުކަން ގަބޫލުކުރެވިފައިވާ ކަމުގެ ފުރިހަމަ ހެއްކެކެވެ.
ގަމުގެ ރައްޔިތުން ފޭދޫއަށް ހިޖުރަކުރަން ޖެހުނު ދަތި އުނދަގޫ މަރުހަލާގައި، ފޭދޫގައި ގަމުގެ ރައްޔިތުން ވަޒަންވެރިކުރުވުމުގައި ދޮންރަހާ ކަތީބު އަދާކުރެއްވީ ނަމޫނާ ދައުރެކެވެ. އިނގިރޭސި ސަރުކާރުގެ އެހީގައި ބިނާކުރި ތަފާތު ތިން ފަންތީގެ ގެތައް، އިންސާފުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ބަހައި ދެއްވުމުގައި ދެއްކެވި ހަރުދަނާކަމަށްޓަކައި ރައްޔިތުންގެ އިހުތިރާމް އެ މަނިކުފާނަށް އޮހެމުންދިޔައެވެ. މީގެ އިތުރުން، ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ދުޅަހެޔޮކަމަށްޓަކައި "ފޭދޫ ކާޑުގެ" ނަމުގައި ވިޔަފާރިގެއެއް ހިންގަވައި، އެ މަނިކުފާނު އަވަހާރަވިއިރު އެ ތަނުގެ އެކައުންޓުގައި އެއް މިލިއަން ރުފިޔާ (މިއަދުގެ ނިސްބަތުން ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ރައްޔިތުންނަށްޓަކައި ރައްކާކޮށްދެއްވާފައި އޮތުމަކީ، އެ ޒަމާނުގައި އަތޮޅުގެ އެހެން އެއްވެސް ރަށަކަށް ހާސިލުކުރެވިފައި ނުވާ ފަދަ ބޮޑު ކާމިޔާބީއެކެވެ.
ފޭދޫގެ އާބާދީ އިތުރުކުރުމަށާއި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް، ސަރުކާރުގެ އެހީތެރިކަމަކާ ނުލައި ރައްޔިތުން ގޮވައިގެން އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތަކީ، އިސްނެންގެވުމާއި ކެރުންތެރިކަމުގެ ސާފު ހެއްކެކެވެ. ޝައްކެއްވެސްނެތް ގޮތުގައި، ދޮންރަހާގެ ދުރުވިސްނޭ ތަޞައްވުރުގެ ސަބަބުން ފޭދޫގެ މުހިއްމު ގިނަ ކުރިއެރުންތަކެއްގެ ބިންގާ އެޅިގެންދިޔައެވެ. އެފަދަ ފަންތިއެއްގެ އިޚުލާޞްތެރި ލީޑަރަކު ލިބުމަކީ، ހުރިހާ ޒަމާނެއްގައިވެސް ނުހަނު ނާދިރު ކަމެކެވެ.
މަރުޙޫމް ދޮންރަހާ ކަތީބުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ. އާމީން!





















