STELCO (@STELCOMALDIVES) header
STELCO (@STELCOMALDIVES) profile picture

State Electric Company Ltd; Emergency Hotline : 104; Contact Center: 1545

Ameenee Magu, Male', Maldives
Joined December 2014
Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)Photo by STELCO (@STELCOMALDIVES)
ލ. ފޮނަދޫގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވުމަށްފަހު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ފޮނަދޫގެ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވާފަ. މި ޒިޔާރަތުގައި، ވަނީ އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ދާގޮތް ބައްލަވާލައްވާފައި.
15
18
1,119
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންދިޔަ ހުރިހާ ރަށެއް މިކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ވަނީ މުޅިން ނިންމާލާފައި. މި ބަދަލާއެކު އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައި. އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝަރުނީޒް.
1
18
20
1,667
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ލ. ގަމުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި. އަދި ފެނަކައިން ސްޓެލްކޯއަށް އެ މުވައްޒަފުން ބަދަލުވުމާއި ގުޅިގެން، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުން ހިފަހައްޓަންޖެހޭ ހަމަތަކާއި، އުސޫލުތައް ހިފަހައްޓަކައި، ސްޓެލްކޯގައި ހެދިފައިވާ ހަރުދަނާ މިންގަނޑުތަކުގެ ތެރެއިން ފެންވަރު ރަނގަޅު ހިދުމަތެއް އެ ރަށުގައި ދިނުމުގައި ދެމިތިބުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ އެދިވަޑައިގެންފައި.
6
9
969
ލ. ގަމުގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވުމަށްފަހު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ގަމުގެ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވާފަ. މި ޒިޔާރަތުގައި، ވަނީ އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާ، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.
12
13
1,048
ލ. ގަމުގައި ސްޓެލްކޯއިން ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ރަށުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބުދުﷲ ނާޡިރު.
17
17
1,302
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ ލ. ފޮނަދޫގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި. އަދި ފެނަކައިން ސްޓެލްކޯއަށް އެ މުވައްޒަފުން ބަދަލުވުމާއި ގުޅިގެން، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް ކުންފުނިން އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މުވައްޒަފުންނާ މަޝްވަރާކުރައްވާފައި.
13
15
1,598
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންދިޔަ ރަށްތަކުގެ ޔޫޓީލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ލ. ފޮނަދޫ އާއި ލ. ގަމުގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން މިރޭ ވަނީ ލ. އަތޮޅަށް ޒިޔާރަތްކުރައްވާފައި.
1
10
13
2,228
އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް މި ކުންފުނިން ދޭން ފެށުމަށްފަހު، އެ ސިޓީގެ ކަރަންޓުގެ ޙާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، 1.6 މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓް މިއަދު ވަނީ އައްޑޫ ސިޓީއަށް ގެންދެވިފައި. މި ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު، އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ވެގެންދާނެ.
18
1
22
1,596
ހދ. ކުޅުދުއްފުށި ސިޓީގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތުގެ ޔަގީންކަން އިތުރުކުރުމުގެ ގޮތުން އެ ރަށުގައި އަލަށް އިންސްޓޯލްކުރެވުނު 1.2 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ކާމިޔާބުކަމާއެކު މިހާރު ވަނީ ބޭނުންކުރަން ފަށާފައި. މި އައު ޖަނަރޭޓަރު ސެޓާއެކު ރަށުގެ ކަރަންޓު ވިއުގައަށް އިތުރު ފުރިހަމަކަމެއް ލިބި، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ.
9
11
987
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ނ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، މި އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
9
9
1,629
ހުޅުމާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް ގުޅުއްވުން އެދެން. މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް ގުޅުއްވުން އެދެން. މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
3
4
1,246
މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް ގުޅުއްވުން އެދެން. މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
3
1
6
1,905
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
4
15
2
12
5,766
ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. މާތްﷲ އަބަދުމެ މި ދިވެހި ޤައުމަށް ނަޞްރުދެއްވައި، ދިވެހިންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަބަދުމެ ކާމިޔާބުކަންމަތީ ދެމިތިބޭ ބައެއްކަމުގައި ލައްވާށި. އާމީން.
1
15
2
18
2,768
ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައި. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް. އަދި މި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ.
15
17
2,375
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފ،ދ އަދި ތ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ތިން އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
11
11
1,739
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ގއ އަދި ގދ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
16
17
4,863
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، މި އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
15
18
6,363